ads
ހުޅުމާލޭ ދެކުނު ދާއިރާއަށް ކުރީގެ މިނިސްޓަރު ނަހުލާ ވާދަކުރައްވަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާދަކުރައްވަން ނިންމަވައިފި އެވެ.

މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަހުލާ ވިދާޅުވީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވާކަމަށެވެ.

ދާއިރާގެ ރައްޔިތުން ތާއިދާއި ވޯޓްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ މަޖިލީހަށް ވާދަކުރައްވާކަން އިއުލާނުކުރައްވާ މިވަނީ ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެ، އެޕާޓީން މުއްދަތު އިތުރުކޮށްފަ ވަނިކޮށެވެ.

ޖޭޕީން ބުނީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ މީހުންގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލުކަން ބެލުމަށް ފަހު، ޕާޓީގެ ކައުންސިލުން ނުވަތަ އެކަަމަށްޓަކައި ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށް ފަހު ކަމަށެވެ.

އަދި މިހާތަނަޢް ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނަ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް