ads
ކާށި
ކާށި ބަސްތާއެއް ވަގަށް ނެގި މީހާ އަށް މަހަށް ޖަލަށް
ކާށި ބަސްތާއެއް ވަގަށް ނަގައި 600 ރުފިޔާއަށް ވިއްކާލި މީހަކު އަށް މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މާލޭން ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ދިވެހި ފިރިހެނަކު ޖަލަށްލާން ހުކުމް ކުރީ މާފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ. މި ހާދިސާ ހިނގީ މާފުށްޓަކު ނޫނެވެ، 

މިއީ މިދިޔަ އަހަރުގެ ކުރީކޮޅު ހިނގި ހާދިސާއެކެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އެއް ރެއެއްގެ އިރާކޮޅު، އެ މީހާ ގެއެއްގެ ގުދަނުގައި އޮތް ކާށި ބަސްތާއެއް ވަގަށް ނަގައިގެން ގޮސް، 600 ރުފިޔާއަށް ވިއްކާލީއެވެ. އޭނާ އެ ވައްކަން ކުރީ، ގުދަނުގެ ދޮރު ހަލާކުކޮށްލައިގެންނެވެ، 

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި، ވައްކަން ކުރި މީހާވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. 

އޭނާގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، އޭނާގެ ކުރީގެ ރެކޯޑްތަކަށް ބަލައި އަދަބު މަތިވީއެވެ. އެކަންކަމަށް ރިއާޔަތްކޮށް ކޯޓުން ހުކުމް ކުރީ އަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް