ގދ. މާވަރުލުގައި އަލަށް ހެދި އެއާޕޯޓަށް ދަތުރުތައް ފެށުން މަޑު ޖައްސާލީ، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ހުއްޓާލުމަށް ސަރުކާރުން އަންގާފައި ވާތީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖޭގައި ކޮވިޑް-19 ހާލަތަށް އަންނަ ބަދަލު ބެލުމަށް ފަހު، މާވަރުލު އެއާޕޯޓަށް ދަތުރު ފެށުމަށް، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.