ads
ޕޮޑޮލްސްކީ ރާއްޖޭގައި
ވޯލްޑްކަޕް ގޯލްޑް މެޑަލިސްޓް ޕޮޑޮލްސްކީއާ މިނިސްޓަރު ފައިސަލް ބައްދަލުކުރައްވައިފި
2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ކާމިޔާބުކުރި، ޖަރުމަނު ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލޫކަސް ޕޮޑޮލްސްކީއާ، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އަދި ކުޅިވަރު މިނިސްޓަރު އަބްދުއްރާފިއު ބައްދަލުކުރައްވައިއެވެ.

ޕޮޑޮލްސްކީއާ ދެ މިނިސްޓަރުން ބައްދަލު ކުރެއްވީ، އޭނާ ރާއްޖޭގައި ހޭދަ ކުރި ޗުއްޓީއަށް ފަހު އެނބުރި ފުރަން ދިޔަމަގުމަތީގައި، އެއާޕޯޓްގައެވެ. 

ރާއްޖޭގައި ޕޮޑޮލްސްކީ ހޭދަކުރި ޗުއްޓީގައި އޭނާވަނީ ދިވެހި ކުޑަ ކުދިންނާއެކު ބޯޅަ ކުޅެފައެވެ. އޭނާވަނީ އޭނާގެ 5.7 މިލިއަން އިންސްޓަގްރާމް ފޮލޯވަރުންނަށް ރާއްޖޭގައި ކުޑަ ކުދިންނާއެކު ބޯޅަ ކުޅުން ފޮޓޯތައް ހިއްސާކޮށްފައެވެ.

2004 ވަނަ އަހަރު  ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެން ފެށި ޕޮޑޮލްސްކީ ވަނީ ކުޅުން ހުއްޓާލުމުގެ ކުރިން 129 މެޗުގެ ތެރޭގައި 48 ލަނޑު ކާމިޔާބުކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް