ads
"އިންޑިއާ ސިފައިންގެ އަދަދަށް ވުރެ މުހިންމީ އެމީހުން ފޮނުވާލުން"
ސަރުކާރަށް މުހިންމީ ރާއްޖޭގައި ތިބި އިންޑީޔާ ސިފައިންގެ އަދަދު ނޫން ކަމަށާއި، އެންމެ މުހިންމީ އެމީހުން ފޮނުވާލުން ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދަށްވުރެ މުހިންމީ ތިބި ހުރިހާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކަމަށެވެ.

"މީގަ މުހިންމީ ތިބި އަދަދަށް ވުރެ ތިބިއްޔާ ތިބި ބަޔަކު ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ދާކަން ރައްޔިތުންނަށް ކަށަވަރު ވުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެންމެ ފަހުގެ މައުލޫމާތުތަކުން ރާއްޖޭގައި ތިބީ 88 އިންޑިއާ ސިފައިންކަމަށް ދައްކާ ކަމަށެވެ.

ރާާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާ ސިފައިންގެ މައްސަލައާއި ގުޅިގެން ތަފާތު ލެވަލްތަކުގައި 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، ކުރިއަށް އޮތްތާގައިވެސް އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ރާވަމުން އަންނަ ކަމަށް ނާޒިމް މައުލޫމާތު ދެއްވިއެވެ.

ނާޒިމް ވަނީ އެކަމުގައި ދިވެހި ރައްޔިތުން ނާއުއްމީދު ނުވުމަށް ސަރުކާރުން އެދޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް