ads
ވިލިމާލޭ ބާކީވެފައި އޮތް އޮތްތުން ނިމުމަކަށް ގެންނާނަން: ހެލްތް މިނިސްޓަރު
ވިލިމާލޭ ބާކީވެފައި އޮތް އޮތްތުން މި ސަރުކާރުން ނިމުމަކަށް ގެންނާނޭ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދު ﷲ ހަލީލް ވިދާޅު ވެއްޖެެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އާއި ސީ އެމްބިއުލެންސް ހަވާލު ކުރުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އޭނާ މިނިސްޓަރު ވިދާޅުވީ މި އެމްބިއުލެންސް ހަވާލު ކުރުމުން އަދި މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ގެނެސް ނިމުނީ ނޫންކަމަށާއި އަދި އިތުރަށް ވެސް ގެންނަން ޖެހޭ ތަރައްގީ ގެނެއުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ފަސް ނުޖެހޭނެކަމަށެވެ. 

އޭނާ ވިދާޅުވީ ރައީސް މުއިއްޒު ބޭނުންވަނީ 24 ގަޑިއިރު މަސައްކަތް ކުރާ ބަޔަކު އެ މަނިކުފާނުގެ ކެބިނެޓްގައި ތިބުމަށް ކަމަށާއި އެހެންކަމުން އޭނާ ވެސް ހަމަ ހުރީ 24 ގަޑިއިރު މަސައްކަތްކޮށްގެން ވިޔަސް ހާސިލް ކުރަން ޖެހޭ ކަންކަން ހާސިލު ކުރުމަށް ތައްޔާރަށް ކަމަށެވެ. ހާސިލް ކުރަން ޖެހޭ ކަންކަން ހާސިލް ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެކަނި ސަރުކާރުން މަސައްކަތް ކޮށްގެން އެއްވެސް ކަމެއް ފުރިހަމަ ގޮތުގައި ނުވާކަމަށާއި ކަންކަން ހާސިލް ކުރުމަށް ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް ބޭނުންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނަތީޖާތަކެއް ނެރެވޭތޯ. ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހާސިލްކޮށްދެވޭތޯ. ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން އެދޭކަމަކީ ބޭނުންވާ ކަމެއް އޮތްނަމަ އެ ކަމެއްގެ އަޅުގަނޑުމެންގެ ކައިރީގައި ބުނުން. އެކަން ކުރުމުން އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ ދެނެގަނަން ރައްޔިތުން ބޭނުން ވަނީ ކޮންކަމެއްކަން- މިނިސްޓަރު

މިހާރުވެސް ވިލިމާލޭ 100 އެނދުގެ ޓާޝަޓަރީ ހޮސްޕިޓަލް ޑިޒައި ކުރުމުގެ މަސައްކަތް ކުރުމުން އަންނަކަމަށާއި މާ ލަސްތަކެއް ނުވެ މި ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް