މިއަދުގެ ވަގުތެއްގައި އެ ދެ އިދާރާއަށް ވެސް މުސާރަ ބޮޑުކުރުން ފަސްކޮށްފަވާކަން ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ އަންގާފައެވެ.
ސަބަބެއް ގޮތުގައި އެ އިދާރާތަކަށް އަންގާފައިވަނީ މިވަގުތުގެ ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން އެ ތާރީހުގައި މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލު ތަންފީޒުކުރަން ގޮންޖެހުންތަކެއް ހުރުމުންކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެންނަ ބަދަލަށް އަމަލުކުރަން ފެށޭނީ މާޗު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންކަމަށް ޕޭ ކޮމިޝަނުން ބުނެފަވެއެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ފުލުހުންގެ މުސާރަ ބޮޑުކުރާނީ ތިން މަރުހަލާއަކަށް ބަހާލައިގެންކަމަށް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ އަހަރު 35 އިންސައްތަ ބޮޑުކުރަން ވަނީ ނިންމާފައެވެ.