ads
ހުޅުމާލޭގެފަޅުތެރެ 24 ގަޑިއިރު މެދު ކެނޑުމެއްނެތި ޕެޓްރޯލް ކުރާނެ : ފުލުހުން
ހުޅުމާލޭގެފަޅުތެރެ 24 ގަޑިއިރު މެދު ކެނޑުމެއްނެތި ޕެޓްރޯލް ކުރާނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ފަޅުތެރެ ބަލަހައްޓަނީ ބަނގުރަލާއި މަސްތުވާތަކެތި ދައުރުވުން ހުއްޓުވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ހުޅުމާލޭ ފަޅުތެރެ ޕެޓްރޯލް ކުރަމުން ގެންދާނީ ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ކަމަށާއި އަދި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓުމުގޭ ބޭނުމުގަ އެވެ.

މި ނިންމުންތަށް ނިންމާފައިވަނީ  ސެންޓްރަލް ސެންޓްރަލް ޕޮލިސިން ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއަރ ފުލުހުންނާއެކު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދެން އިތުރަށް މަޝްވަރާކުރެވިފައިވަނީ މާލޭގެ ޓްރެފިކް ބެލެއްހެއްޓުމާ ގުޅޭގޮތުންނެވެ. އެގޮތުން މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލު، ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ނިންމާފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ނިންމުުންތަކާއި އެއްގޮތަށް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން ގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް