ads
ދީނީ ޗެނަލަށް "ނޫރު ޓީވީ" ކިޔަން ނިންމައިފި
އަލަށް އުފައްދާ ދީނީ ޗެނަލަށް ކިޔާނީ "ނޫރު ޓީވީ" ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މިނިސްޓަރު ވަނީ، މި ދީނީ ޗެނަލަށް ކިޔާނެ ނަމެއް ހޯދަން ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލަށް ހުޅުވާލައިފައެވެ.

އާންމުންގެ ހިޔާލުތަށް ބެލުމަށްފަހު މި ޗެނަލަށް ނޫރު ޓީވީ ކިޔަން ކަނޑައަޅައި، މިނިސްޓަރު ވަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކުރައްވާފައެވެ.

ނޫރު ޓީވީގެ ނަމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އުފައްދާ މި ޓީވީ ޗެނަލް، މި މަހުގެ 25 ގައި ލޯންޗް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ވެސް ރާއްޖޭގައި "ދާރިސް ޓީވީ" އާއި "އަލް ކައުން" ގެ ނަމުގައި ދީނީ ޗެނަލްތައް ހިންގަމުންދެއެވެ.

އިސްލާމިކް މިނިސްޓްރީން ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދަން ރާވާފައިހުރި ހަރަކާތްތަކުގެ ތެރެއިން އިއްޔެ ވަނީ ރިސާލަތު ޕްރޮގްރާމް އިފްތިތާާހް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް