ads
ނައީޝް ހޯދުމަށް ހިނގާ އޮޕަރޭޝަން ކުޑަކޮށްފި
އައްޑޫ ސިޓީގައި މޫދަށް ފައިބައި އުޅެނިކޮށް މިދިޔަ މަހި ގެއްލުނު އުމުރުން 18 އަހަރުގެ މުހައްމަދު ނައީޝް ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފުން ކުޑަކޮށްފި އެވެ.

އެ އޮޕަރޭޝަންނަށް މިބަދަލުގެނައީ ސާރްޗް އެންޑް ރެސްކިއު ޕްރޮޓޯކޯލްގެ ތެރެއިން ބަލަން ޖެހޭ ހިސާބުތައް ބަލާ ނިމިފައިވުމުން ކަމަށާއި ނަމަވެސް އަދި މި އޮޕަރޭޝަން ކުރިޔަށް ގެންދަމުންދާކަމަށާއި މިއީ ހަމަ އާންމުކޮށްވެސް ސާރްޗް އެންޑް ރެސްކިއުގައި ކަންކުރާ އުސޫލުކަމަށް އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވިއެވެ. 

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގެއްލުނު މުހައްމަދު ނައީޝް ހޯދުމަށް ޑޯނިއާގެ ބޭނުން ނުކެރެއްވީ ކީއްވެގެންތޯ ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާއި ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. 

ނައީޝް ގެއްލުނީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ބުނެއެވެ.

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ނައީޝް ގެއްލިގެން ރިޕޯޓް ކުރުމާ އެކު ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ 21 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ އެވެ. 

ނައީޝް ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފަވެއެވެ.
 އަދި އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފަވާނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފް އިން އެދެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް