ads
އާޓިސްޓުން ތަމްރީނު ކުރާ ޕްރޮގްރާމެއް ޕޮލިޓެކްނިކުން ފަށަނީ
އާޓިސްޓުން ތަމްރީނު ކުރާ ޕްރޮގްރާމެއް ޕޮލިޓެކްނިކުން ހިންގަން ނިންމާފައިވާކަމަށް ޕޮލިޓެކްނިކުން ބުނެފިއެވެ.
Advertisement

ޕޮލިޓެކްނިކުން ބުނީ މި ޕްރޮގްރާމު ހިންގަނީ ޔޫތް މިނިސްޓްރީ އާއި ގުޅިގެން ކަމަށާއި މިއީ ސެޓްފިކެޓް 3 ގެ ކޯހެއްކަމަށެވެ. ޕޮލިޓެކްނިކުން އިތުރަށް ބުނި ގޮތުގައި މި ކޯހަކީ ހަ މަސް ދުވަހުގެ ކޯހެއް ކަމަށެވެ.

މި ކޯސް ހިންގަން ނިންމާފައިވަނީ މާލޭ ކެމްޕަސްގައި ކަމަށެވެ. މީގެ އިތުރުން މި ކޯހަކީ ހިލޭ ކުރިޔަށް ގެންދާ ކޯހެއް ކަމުން މި ކޯހަށް އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށެވެ. މި ކޯހުގެ ނަމަކީ ނޭޝިނަލް ސެޓްފިކެޓް 3 އިން އާރްޓު ސްކިލްސް ކަމަށާއި މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް ކޮލެޖްގެ ވެބްސައިޓް https://forms.gle/zxKatztEZNBAwHfA6 އިން ލިބޭނެކަމަށެވެ. 

 ޔޫތް މިނިސްޓްރީގެ ސީނިޔާ ލީގަލް އޮފިސަރު ޖައިލަމް ތައުފީގު ނޫސްވެރިންނަށް ވިދާޅުވީ ދިވެހިންގެ ތެރޭގައިވާ ވަރަށް ފަންނީ އަދި ގަބީލް ކުދިން އެބަތިބި ކަމަށާއި އެހެން ކަމުން އެކުދިން އިތުރަށް ތަރައްގީކޮށް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން ކުރެހުމުގެ ހުނަރު ހުރި ކުދިންނަށް އެ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ކޯސްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ. 

ޖައިލަމް ތައުފީގު އިތުރަށް ވިދާޅުވީ ވަރަށް ފުޅާކޮށް ހިންގާ ހެކަތޯން އެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށާއި މިކަމަކީ ފަންނީޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ އިވެންޓެއްކަމަށެވެ. 

އޭނާ ވިދާޅުވީ މި އިވެންޓު ޖެނަވަރީ ފުރަތަމަ ހަފްތާތެރޭގައި ކުރިޔަށް ގެންދެވޭނެކަމަށާއި މި އިވެންޓަކީ 24 ގަޑިއިރަށް ކުރިޔަށްދާ އިވެންޓަކަށް ވެގެން ދާތީ މިހާރު މިކަމާއި ގުޅޭ މަޝްވަރާތައް ކަމާއި ގުޅުން ހުރި ފަރާތް ތަކާ އެކު ކުރިޔަށް ދާކަމަށެވެ. 

މި އިވެންޓުގެ އިތުރުން ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިޔަށް ދިއުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ ސިޔާސަތާއި ގުޅުވާލައިގެން ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާކަމަށާއި މިކަމުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ޖައިލަމް ވިދާޅުވި އެވެ. 

"މި ކަމާ ގުޅިގެން މަޝްވަރާ ކުރަން ޖެހޭ އިދާރާތަކާއެކު މިދަނީ މަޝްވަރާ ކުރަމުން. މިކަމުގެ ސަބަބުން ޒުވާނުންނަށް ދިމާވެފައިވާ ވަރަށް ގިނަ ކަންކަން ހައްލުވެގެން ދާނެ،" ޖައިލަމް ވިދާޅުވި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް