ads
ކެނދިކުޅުދޫ ބަނދަރުގެ އާ ހާބާ ބޭސިން ފުންކުރުން ކުރިއަށް ދަނީ
‏ނ. ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ ‏ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 30,480 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ކުރިއަށް ދާނެ އެވެ.

މީގެއިތުރުން 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރުމުގެ އިތުރުން 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ނެރު ފުންކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ކެނދިކުޅުދޫ ބަނދަރުގެ މަޝްރޫއުގެ ދަށުން 249 މީޓަރުގެ އެއްގަމުތޮށި، އަދި 368 މީޓަރުގެ ބޭރުތޮށި ލުމާއި، 130 މީޓަރުގެ ރިވެޓްމެންޓުގެ އިތުރުން 246 މީޓަރުގެ ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

73.16 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އެމްޓީސީީން ކުރުމަށް ހަމަޖެހިފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި، 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 1,990 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި އަދި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް