ads
މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައި އޮތީ ހަމައެކަނި ތިމަރަފުށީގައި
މަގު ހެދުމުގެ މަޝްރޫއު ތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައި އޮތީ ހަމައެކަނި ތ. ތިމަރަފުށީގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއު ތަކުގެ ތެރެއިން މިވަގުތު މަސައްކަތް ހުއްޓިފައި އޮތް ހަމައެކަނި ރަށަކީ ތ. ތިމަރަފުށި ކަމަށެވެ

މިނިސްޓަރު ވިދާޅުވީ ތިމަރަފުށީގެ މަގު ހެދުމުގެ މަޝްރޫއަކީ އާރުޑީސީން 100 އިންސައްތަ ސަބް-ކޮންޓްރެކްޓް ކޮށްފައި އޮތް މަޝްރޫއެއް ކަމަށެވެ. އަދި އެރަށުގެ މަސައްކަތް ހުއްޓިފައި އޮތީ ސަބް-ކޮންޓްރެކްޓަރު ތަފާތު ބަހަނާތައް ދައްކައި، އެއްގޮތަކަށްވެސް މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓްރީން އާރުޑީސީއާއި ގުޅިގެން އެ މަސައްކަތް އަލުން ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، މަސައްކަތް އަލުން ފެށޭނެ އެއް ގޮތަކީ ސަބް-ކޮންޓްރެކްޓަރު ވަކިކުރުމަށް ފަހު އާރުޑީސީން އެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި، ދެން އޮތް ގޮތަކީ ސަބް-ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން މަސައްކަތް އަލުން ފެށޭތޯ މަސައްކަތް ކުރުން ކަމަށެވެ.

ތިމަރަފުށި ފިޔަވައި، މަގު ހެދުމުގެ މަޝްރޫއުތައް ކުރިށްގެންދާ އެހެން ހުރިހާ ރަށެއްގައިވެސް ނުހުއްޓި މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު މުއްތަލިބް މައުލޫމާތު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް