ads
ސީލައިފް އައްމަޓީ ފުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރުން އެންމެ ފަހުން ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.
Advertisement

ސީލައިފް އައްމަޓީ ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިން މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރުނީ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ފުރަން ހުއްދަ ދިނީ ބޭސްފަރުވާއަކަށެވެ.

އެ ހުއްދަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އަގްލަބިއްޔަތުން ނިންމީ އެ ހުއްދަ އެންމެ ރަނގަޅު ކަމަށެވެ. އެކަމަކު ދައުލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނެރުއްވި އަމުރުގައިވަނީ އެ ކޯޓުން އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާ ކަމަށެވެ. ހައިކޯޓުގައި މި މައްސަލަ ހިނގި އިރުވެސް އެ ކޯޓުންވެސް މި ފަދަ އަމުރެއް ނެރުނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް