ads
އެސްޓީއޯ "ހެއްޔާ މަކިޓާ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުޅި ރާއްޖެ އަށް ހުޅުވާލައިގެން 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ "މަކިޓާ ހެއްޔާ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފި އެވެ.

މި މުބާރާތަކީ މަކިޓާ ޕަވަރޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ މުބާރާތެއްކަމަށް އެސްޓީއޯއިން ބުނެއެވެ. 

ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި އަދި ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއްކަމަށާއި އެސްޓީއޯގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދިނުންކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި ހަމައެހެންމެ އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށް އެސްޓީއޯއިން ފަހަގަ ކޮށްފައިވެ އެވެ.

މި މުބާރާތުގެ އެއްވަނަ އިނާމަކަށް 50000 ރުފިޔާ މަކިޓާ ޓޫލްސް ވޮލްޗާ އެއް ލިބިގެންދާ އިރު ދެ ވަނަ އިނާމަކަށް 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ އެއް އަދި ތިން ވަނަ އިނާމެއްގެ ގޮތުން 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެއް ލިބިގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00އާއި ހަމައަށެވެ 

އެ މުބާރާތުގައި ރަޖިސްޓްރީވުމަށް މަކީޓާ ޝޯރޫމަށާއި، އީމެއިލް ([email protected]) މެދުވެރިކޮށް އަދި 7980240 ނަމްބަރަށް ވައިބާ މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

އެ މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް