ads
ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ރާއްޖޭގައި ރަސްކަމުގެ ދުވަސްވަރު ވެސް ވަގުފްކުރޭ: އާދަމް ޝަރީފް
ރާއްޖޭގައި ރަސްކަމުގެ ދުވަސްވަރުވެސް ވަގުފްކުރެވިފައިވާ ކަމަށް ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ސިޓީ ވަގުފް އަދި އަތޮޅު ވަގުފް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިޓީ ވަގުފް އަދި އަތޮޅު ވަގުފްގެ ސަބަބުން ރާއްޖޭގައި އިސްލާމީ ހަޟާރަތު ބިނާކުރުމަށް ވަރަށް ބޮޑަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށާއި އަދި ސިޓީ ވަގުފް އަދި އަތޮޅު ވަގުފްގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނ ކަމަށް ވެސް ގަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވެ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއަދު އިފްތިތާހުކުރެވިގެން މިދިޔަ ސިޓީ ވަޤުފް އަދި އަތޮޅު ވަގުފްގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެ މީގެ ސަބަބުން ރާއްޖޭގައި އިސްލާމީ ހަޟާރަތު ބިނާކުރުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް. އަދި އަތޮޅުތަކުގައިވެސް މި މަޝްރޫޢު ކުރިއަށްގެންދިޔުމުގެ ސަބަބުން ބޮޑެތި މަންފާކުރާނެކަމަށް." އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިހާރުވެސް ގިނަ ރަށްރަށުން ވަގުފްގެ މަޝްރޫޢުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

ޝަހީމް ވިދާޅުވީ މިހާރު ވެސް ހަތަރު ސިޓީއަކުންނާއި އަށް އަތޮޅުން އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި 80 ރަށަކުން ރަށު ވަގުފް ގާއިމުކުރުމަށް އެދިފައިވާކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އުންމީދަކީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަޝްރޫއުތައް ފެށުން ކަމަށާއި އެކަމުގައި މިހާރު ވެސް ބޭންކްތަކާއި ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ގިނަ ހިސާބުތަކެއްގައި މަޝްރޫއުތައް ހިންގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި މިހާރުވެސް ވަގުފް އިމާރާތެއް ހުރެއެވެ. ވަގުފު ފަންޑު މުއްސަނދި ކުރުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރި (ދާރުލްއީމާން) ބޭނުންކުރަން ފެށީ 2016 ވަނަ އަހަރު އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް