ads
ރައީސް މުއިއްޒުގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަންނަވަނީ
ޗައިނާގެ ރައީސް ޝީ ޖިިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އަންނަ ހަފްތާ ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެއްހިޖެއެވެ.

ރައީސް އޮފީހުން ބުނީ ޗައިނާގެ ރައީސް ޝީ ގެ ދައުވަތަކަށް ރައީސް މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަންނަ ހޮނިހިރު ދުވަހު ޗައިނާއަށް ފުރާވަޑައިގަންނަވާނެއެވެ.

ޗައިނާއަށް ރައީސް ކުރައްވާ ދަތުރުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން 12 ވަނަ ދުވަހަށް ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ވެރިކަމާ ހަވާލުވި ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އަދި ނޮވެމްބަރު 17 ގައި ވެރިކަމާއި ހަވާލުވި ފަހުން ރައީސް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅެވެ. 

ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް