ads
ކުޅޭނެ ޓީމެއް އަދި ނުނިންމަން: އެމްބާޕޭ
ކުރިއަށް އޮތް ސީޒަންގައި ކުޅޭނެ ޓީމެއް އަދި ނުނިންމާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭގެ ޕީއެސްޖީގެ ކޮންޓްރެކްޓް އަންނަ ޖޫންގެ ނިޔަލަށް ހަމަވާއިރު، ޖަނަވަރީން ފެށިގެން އޭނާއަށް ބޭނުން ކްލަބަކާ ވާހަކަ ދެއްކޭނެއެވެ. 

އެމްބާޕޭ ހޯދުމަށް އެންމެ ބޮޑަށް ތައްޔާރުވެ ތިބީ ރިއާލް މެޑްރިޑުންނެވެ. އިގިރޭސި ބައެއް ކްލަބުތަކުންވެސް އެމްބާޕޭ ހޯދުމަށް ޝައުގުވެރިވެއެވެ. 

އިގިރޭސި ކްލަބުތަކުގެ ތެރެއިން ލިވަޕޫލް އިން އެމްބާޕޭ ހޯދަން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުންޏަަސް އާރުލާ ގޮތެއްގައި އެ ވާހަކަ ނުދެކެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް