ads
މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރަން މަޝްވަރާކޮށްފި
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ސްޓިއަރިންގ ކޮމިޓީއާ މަޝްވަރާކޮށްފި އެވެ.

މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ފެށުމަކީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.

ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގެ ސްޓިއަރިން ކޮމިޓީއާއެކު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ފުޅާކޮށް ކުރިޔަށްގެންދިއުމަށާއި އަދި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.

ރައީސް ޑރ. މުއިއްޒު މިފަހުން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި އިންތިހާބުގެ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި އަށް އަންހެނުން ނެރުމަށް ދިވެހި ވިޔަފާރިވެރިން ނުކުމެ، މަސައްކަތް ކޮށްދިނުން ވާނީ ގައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ކަމަކަށެވެ.

"ރައްޔިތުންގެ މަޖިލިހަށް އަބަދު އިންތިހާބު ކުރަން ޖެހެނީ ފިރިހެނުން ނޫން ކަމަށާއި ގާނޫނުގައި ހަމަހަމަ ފުރުސަތެއް ދީފައި އޮތް ނަމަވެސް މަޖިލިހަށް އަންހެނުން ނެރުމަށް އިތުރު ބާރެއް ލާން ޖެހޭ.." މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ވަރަށް ގިނަ ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން އަންހެނުންގެ އަދަދަކީ އެންމެ ހަތަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް