ads
ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން ވަޒީރު ސަޢޫދީއަށް ވަޑައިގަންނަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޑރ. ޝަހީމް ސައުދީއަށް
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޑރ. ޝަހީމް ސައުދީއަށް ވަޑައިގަންނަވައިފި އެވެ.

މިނިސްޓަރު ޑރ. ޝަހީމް ސައޫދީއަށް ވަޑައިގަންނަވާފައިވަނީ ހައްޖު އެންޑް އުމްރާ ކޮންފަރެންސްފައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ދަތުރުފުޅާއި ގުޅޭގޮތުން ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދަތުރަކީ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރި ވުމަށާއި، އަދި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި، ސަޢޫދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާ ދެމެދު ވެވޭ ހައްޖު އެންޑް އުމްރާ ސާވިސް އެއްބަސްވުމުގައި ސޮއިކުރަން އެ ގައުމުގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައް ރަބީއާ ދައުވަތު ދެއްވައިގެން ކުރާ ދަތުރެއް ކަމަށެވެ.

އަދި އިސްލާމީ ގައުމުތަކުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަންނަ އިސްވެރިންނާ ވެސް ޝަހީމް ބައްދަލުކުރައްވާނެ އެމަނިކުފާނު ލިޔުއްވާފައިވެ އެވެ. 

ހައްޖު އެންޑް އުމްރާ ކޮންފަރެންސަކީ ސައިންޓިފިކް ސެޝަންތަކާއި، ވޯކްޝޮޕްތަކާއި، ތަމުރީނު ސެމިނާތައް ހިމެނޭގޮތަށް ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ.

ހައްޖު އެންޑް އުމްރާ ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 8 އިން 11 ގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް