ads
ހަމަލާތައް އަމާޒު ކޮށްފައި ވަނީ އަވަހާރަ ކޮށްލާފައިވާ އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ގާސިމް ސުލައިމާނީގެ މަގުބަރާ ކައިރީގައި
އިރާނުގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފި
އީރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މަހާނަ ދޮށުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 100 އަށް ވުރެ ގިނަ މީހުން މަރުވި ބޮމުގެ ހަމަލާގެ ޒިންމާ އައިއެސުން ނަގައިފި އެވެ.
Advertisement

ބޮންތައް ގޮއްވައިލާފައި ވަނީ ސުލައިމާނީގެ މަރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް އޭނާއަށް އިހުތިރާމު އަދާ ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު މަގުބަރާ ކައިރިއަށް ޖަމާވެފައިވާ ވަގުތެއްގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ތަނުގައި ގޮއްވާލި އެއްޗެއް ގޮއްވާލާފައި ވަނީ ކުރިއާލައި ވަަރަށް ބޮޑަށް ރާވައިގެންނެވެ. އަދި އެ އެއްޗެއް މަހާނަ ދޮށުގައި ވަޅުލައި ނުވަތަ ގަހަކާލައި އައްސައި -- އެކަން ކުރި ބަޔަކު ދުރުގައި ތިބެގެން ރިމޯޓްކޮށެވެ.

ތަހުގީގުކުރާ ޓީމުތަކުން ބުނި ގޮތުގައި މަހާނަ ދޮށުގައި ގޮއްވާލީ ދެ ބޮމެކެވެ. އެ ދެ ބޮން ދަބަހަކަށް ލައި އެ ހިސާބުގައި ބަހައްޓާފައި ހުރި ކަމަށް ވެސް މީހުން ސަލާމަތްކުރުމުގައި އުޅުނު އޮފިޝަލުން ބުންޏެވެ.

މި މީހުންގެ ހަނދާނުގައި ގައުމީ ހިތާމައިގެ ދުވަހެއް ފާހަގަކުރަމުން ދަނިކޮށް އައިސިސް އިން ޓެލެގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ދެ ހަމަލާ ދިނީ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ހަމަލާ ދޭން ތައްޔާރަށް ތިބި ދެ މީހުން ކަމަށެވެ.

ދެ ބޮން ގޮއްވައިލައި ދިން އެ ޙަމަލާއަކީ 1979 ވަނަ އަހަރަށްފަހު އީރާނަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނީ 2020 ވަނަ އަހަރު އެމެރިކާއިން އިރާގުގައި ދިން ޑްރޯން ހަމަލާއެއްގަ އެވެ.

އީރާނަށް ހެޔޮއެދޭ ގައުމުތަކުން މި ހިތާމައިގައި ބައިވެރިވަމުން އަންނައިރު، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އެ ގައުމުގެ ލީޑަރު އަލީ ހާމަނާއީ އަށާއި އީރާންގެ ރައީސް، އިބްރާހީމް ރައީސީއަށް ފޯނުން ގުޅުއްވައި ހަމަލާކުށްވެރި ކުރައްވާފަ އެވެ. އަދި މި ހަމަލާ އދގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. 

"ސަލާމަތީ މަޖިލީހުން ކަރްމާން ސިޓީގައި ދިން ބިރުވެރި ޓެރަރިސްޓް ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޓެރަރިޒަމަކީ ހުރިހާ ގޮތަކުން ވެސް ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް ސަލާމަތީ މަޖިލީހުގެ ބަޔާނުގައިވެއެވެ. ސަލަމާތީ މަޖިލީހުގެ މެންބަރުންގެ ފަރާތުން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރްދީއާ ތައުޒިޔާ ވެސް ފޮނުވައިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް