މި މަހުގެ 13 ވަނަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ ކުރީގެ އެޓާނީ ޖެނެރަލްގެ މެނިފެސްޓޯ ލޯންޗްކުރަން ބާއްވާ ޖަލްސާ އޮންނާނީ ޕީއެންސީގެ އޮފީސް ދިވެހީންގެ ރާއްޖެ މައި ޖަގަހަ (ދޮންމަނިކު ސްކައިވިއު ތިރި) ގައި މިރޭ 8:00 ގަ އެވެ.
އާޒިމާގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ މިރޭ ބާއްވާ ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އާޒިމާގެ އިތުރުން ދެން މޭޔަރުކަމަށް ވާދަ ކުރައްވަނީ ޝުއެއިބް އަލީ (އަމިއްލަ ގޮތުން)، ހުސެއިން ވަހީދު (އަމިއްލަ ގޮތުން)، އާދަމް އާޒިމް (މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ) އަދި މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް) އެވެ.