މިފަހުން ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރެއްވި ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދާއިރާގެ ގިނަ ސަޕޯޓަރުންގެ އެދުމާއި ގުޅިގެން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ސަޕޯޓަރުންނާއި އަދި ޕީއެންސީ އާއި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާ އިތުރަށް މަޝްވަރާ ކުރާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވިނަމަވެސް އަބަދުވެސް ޕީއެންސީ މެންބަރެއްގެ ގޮތުގައި ޕާޓީއާއެކު ހުންނާނެ ކަމަށެވެ.
ޝަރީފު އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގެންނެވީ ދާއިރާގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހިކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.
އާދަމް ޝަރީފް ގެ އިތުރުން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު މިފަހުން ވަނީ ޕީއެންސީ އަށް ގުޅިވަޑައިގަންނަވާފައި އެވެ.
ޕީއެންސީއަށް ސޮއިކުރެއްވި 13 މެމްބަރުންނަކީ: