ads
އަލީ ނިޔާޒް
ނިޔާޒް ކުރެންދޫ ދާއިރާއަށް ވާދަކުރައްވާނެކަން ހާމަކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަލީ ނިޔާޒް ކުރެންދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މީގެ އިތުރުން އަލީ ނިޔާޒުގެ މި ޕޯސްޓް ގައި ވަނީ 18 އަދި 19 ވަނަ މަޖްލިސް އަށް ފާދިއްޕޮޅު ކުރެންދޫ ދާއިރާއިން އެދާއިރާގެ ރައްޔިތުން އަގުލަބިއްޔަތު ދިނީ އެމް.ޑީ.ޕީ ކެނޑިޑޭޓަށް ކަމަށާއި އަދި އިރާދަކުރެއްވިއްޔާ 20 ވަނަ މަޖްލިސްއަށްވެސް ހޮވާނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށެވެ.

އަލީ ނިޔާޒް އަކީ މިހާރު ހުޅުމާލެ ދާއިރާގެ މެންބަރެވެ. ހުޅުމާލެ ދާއިރާ ދޫކޮށް, މިފަހަރުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަން އޭނާ ވަނީ މިއަދު ހާމަ ކުރައްވާފަ އެވެ.

ނިޔާޒް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ ދެ ދައުރުގައި ވެސް ފާދިއްޕޮޅު ކުރެންދޫ ދާއިރާއިން އެދާއިރާގެ އަގުލަބިއްޔަތު ދިނީ އެމްޑީޕީ ކެންޑިޑޭޓަކަށް ކަމަށާއި ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ވެސް އެ ދާއިރާއިން ހޮވާނީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށެވެ.

ކުރެެންދޫ ދާއިރާގެ މިހާރުގެ މެންބަރަކީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި އަބްދުލްޣަނީ އެވެ. ނަމަވެސް އެމްޑީޕީ ދޫކޮށް ދާދިފަހުން އޭނާ ވަނީ ވެރިކަން ކުރާ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް