ads
ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށްދޭނެ ފަރާތެއް ހޯދަނީ
ހދ. ކުޅުދުއްފުށި އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް، އަލުން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން، ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން އިއުލާނު ކޮށްފި އެވެ.

އާރުއޭސީއެލްގެ އެ އިއުލާނުގައި ބުނެފައިވަނީ އެ ކުންފުނީގެ ކޮންސްޕްޓާއި ޑިޒައިނާ އެއްގޮތަށް ކުޅުދުއްފުށި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކޮށްދެން ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށި އެއާޕޯޓްގެ މި މަޝްރޫއުގެ ތެރެއިން 11،345 އަކަފޫޓުގެ ފަސިންޖަރުންގެ ޓާމިނަލެއް ތަރައްގީކޮށް، ޓާމިނަލްގެ 11,657 އަކަފޫޓުގެ ސަރަހައްދުގައި ޝޭޑިން ލުން ހިމެނެ އެވެ.

މީގެއިތުރުން މިހާރު ބޭނުންކުރާ ޓާމިނަލް ސަލާމަތީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމާއި، މަސައްކަތުގެ މުއްދަތުގެ ތެރޭގައި ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ތަރައްގީކުރުމަކީވެސް ބިޑް ކާމިޔާބުކުރާ ފަރާތުގެ ޒިންމާއެކެވެ.

އާރުއޭސީއެލް އިން ބުނި ގޮތުގައި، މި މަޝްރޫއުގެ މަގްސަދަކީ ގިނަ ފަސިންޖަރުންނަން އެއްފަހަރާ ހިދުމަތް ދިނުމާއި، ވައިގެ އުދުހުންތަކުގެ މިންގަނޑުތަކާއި އެއްގޮތަށް, ފުރިހަމަ ހިދުމަތެއް ދެވޭކަން ކަށަވަރު ކުރުމެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅަންޖެހޭނެ ކަމަށް އާރުއޭސީއެލް އިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް