ކިތަންމެ ވަރަކަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް ގުޑުވާލުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި ސާބިތުކަމާއެކު ހުންނެވީ ރައީސް ފަހަތް ކަމަށް މިއަދު ވިލިނގިލީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ޕީއެންޝީގެ ކެންޑިޑޭޓް އާޒިމާ ސުކޫރު ވިދާޅުވި އެވެ.
ވިލިގިއްޔަށް ވަޑައިގެން މިއަދު ހެދުނު އޭނާ ވިދާޅުވީ އޭނާ އަކީ ސަރުކާރުތަކެއްގަ މަސައްކަތް ކުރެއްވި ބޭފުޅަކަށްވީތީ ސަރުކާރަކާ ހަވާލުވެގެން މަސައްކަތްތައް ފަށައިގަންނަން ހުންނާނެ މައްސަލަތައް ތަސައްވަރު ކުރެވޭ ކަމަށާއި ދިވެހި ދައުލަތާއި މި ސަރުކާރު ހަވާލުވެގެން ދިޔައިރު، އިގުތިސާދީ ގޮތުން އޮތް ހާލަތާއި، އަދި ގާނޫނާއި ގަވާއިދު ތަންފީޒު ކުރަން އޮތް ހާލަތުވެސް ތަސައްވަރު ކުރެވޭކަމުގައެވެ.
އާޒިމާ ވިދާޅުވީ އޭނާގެ އެދުމަކީ މި އިންތިހާބުގައި ވޯޓުދީ، ރައީސް މުއިއްޒު އަރިހުގައި އޮތް ޓީމަށް އެންމެ ފުރިހަމާއެކުގައި ހިދުމަތް ކުރުމަށް އަދި ރައްޔިތުން އަދި ރައީސް ގެ ވިސްނުންފުޅާއި އެ ގޮތަށް މާލެސިޓީ އަށް ހުރި ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ފުރުސަތު ދެއްވުން ކަމަށެވެ.
މިއަދު ވިލިނގިލީގައި ބޭއްވި މި ކެމްޕޭން ޖަލްސާގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން މިނިސްޓަރުނާއި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންވެސް ބައިވެރިވި އެވެ.