ads
ރިސްކެއް ނުނަންގަވާ އާޒިމާ ސުކޫރު ހޮވައިދެއްވާ: ރައީސް މުއިއްޒު
ރިސްކެއް ނަންގަވައިގެން އެހެން ކެންޑިޑޭޓެއް ހޮވުމުގެ ބަދަލުގައި މާލޭ މޭޔަރު ކަމުގެ އިންތިހާބަށް އެ ޕީއެންސީން ވާދަކުރައްވާ އައިސަތު އާޒިމާ ސުކޫރު ވޯޓު ދެއްވާ އޭނާ ހޮވައިދެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
Advertisement

ރައީސް މިއަދު ވިލިނގިލީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ބައިވެރިވަޑާއިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މޭޔަރު ކަމުގެ މަގާމު އަދާ ކުރެއްވި ދުވަސްވަރު ސިޓީގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުން އެއްބާރުލުން ނުލިބުމުގެ ސަބަބުން ނުކުރެވިފައިވާކަމަށެވެ. 

ރައީސް ވިދާޅުވީ މިފަހަރު ސިޓީއަށް ތަރައްގީ ގެންނަށް ބޭނުން ނަމަ ރިސްކެއް ނަގައިގެން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް މޭޔަރު ކަމަށް ގެނެއުމުގެ ބަދަލުގައި އާޒިމާއަށް ވޯޓުދެއްވާ އާޒިމާ ހޮއްވައިފިނަމަ ސިޓީއަށް ގެންނަން ޖެހޭ ތަރައްގީ އާއި ބަދަލު ކުރަންޖެހޭ ކަންކަން ބަދަލު ކުރަން ސަރުކާރާ ވާހަކަ ދައްކައިގެން ކުރިޔަށް ދާން ފަސޭހަވާނެ ކަމަށެވެ.

" އާޒިމާއަށް ވޯޓުދެއްވާ އާޒިމާ ހޮއްވައިފިނަމަ ސިޓީއަށް ގެންނަން ޖެހޭ ތަރައްގީ އާއި ބަދަލު ކުރަންޖެހޭ ކަންކަން ބަދަލު ކުރަން ސަރުކާރާ ވާހަކަ ދައްކައިގެން ކުރިޔަށް ދާން ފަސޭހަވާނެ. އެހެން ކެނޑިޑޭޓެއް ހޮވައިފިނަމަ ސަރުކާރު ގޯސް ކުރުމުގެ ބޭނުމުގައި ރައްޔިތުންނަށް އަޅާ ނުލާ ދޫ ވެސް ކޮށްލަފާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރުވެސް މަޖިލީހުން ފެނިގެންދަނީ މިކަމުގެ ވަރަށް ބޮޑު މިސާލެއްކަމަށާއި މިގޮތަށް މިކަން ތަކުރާރުވާން ބޭނުން ނޫން ކަމަށާއި އެހެންކަމުން ރައްޔިތުންގެ ފަރާތުން ވަރަށް އާދޭހާއި އެކު އެދޭ އެންމެ ބޮޑު އެދުމަކީ އެއްވެސް ވަރަކަށް ރިސްކެއް ނުނަގާ އާޒިމާ މޭޔަރު ކަމަށް އިންތިހާބުކޮށް ދިނުން ކަމަށެވެ. 

އިދިކޮޅު ޕާޓީއަކުން މާލޭ މޭޔަރުކަމަށް ކެންޑިޑޭޓަކު ހޮވައިފިނަމަ ހުރަސް އެޅޭނީ މާލޭގެ ތަރައްގީއަށް ކަމަށާއި އެއީ ކުރުން ބުއްދިވެރި ކަމެއް ނޫންކަމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރު ހިންގާ ޕީއެންސީން މާލޭ މޭޔަރުކަމަށް ވާދަ ކުރައްވާ އައިސަތު އާޒިމާ ސަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް އޮތް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ބޮޑެތި ބައެއް ކަންކަން ނުކުރެވި ހުރީ، މާލޭގެ ކައުންސިލްގެ ފިކުރާ ތަފާތު ސަރުކާރެއް އޮވެ، ކައުންސިލަށް ޖެއްސުންކުރުމުގެ ކަންކަން ކުރަމުން އައުމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް