ads
މާލެ ޖަލު މިއަދު ބަންދުކޮށްފި
ދަރުމަވަންތަ ސްކޫލްގެ އިމާރާތާ އިންވެގެން ހުންނަ މާލޭ ޖަލުން ގައިދީން ހުސްކޮށް އެތަން މިއަދު ބަންދުކޮށްފި އެވެ.

އެކަން ހާމަކޮށް ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އެ ޖަލުގެ ސަބަބުން އެ ޖަލާ އިންވެގެން ހުންނަ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ނޭދެވޭ އަސަރު ކުރަމުން އަންނާތީ، ކަމާއި ބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ޖަލު ބަންދު ކޮށްފައިވާ ކަމަށެވެ.

މާލެ ޖަލުގައި ތިބޭ ގައިދީން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ގޮވުން ފަދަ އުނދަގޫތައް ކުރަމުން ދާކަމުގެ މައްސަލަ މީގެކުރިން ފެންމަތިވެފައިވެ އެވެ.

ޖަލު ބަންދު ކުރީ އެތަނުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކުރަށްފަހުގައި ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ޖަލު ބަންދުކުރި ނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާ ހަމަޔަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.

މިއަދު ބަންދުކުރި މާލޭ ޖަލު ފުރަތަމަ ހުޅުވާފައިވަނީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް