ads
އާޒިމާ އަބަދުވެސް އިސްކުރައްވަނީ ގައުމު: ޑރ. ސަހީމް
އާޒިމާ އަބަދުވެސް އިސްކުރައްވާނީ ގައުމުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް "އެކްސް" ވިދާޅުވީ އާޒިމާ ދިވެހި ސަރުކާރުގެ ކެބިނެޓްގައި އަދި އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރަށްވާފައިވާ ވަރަށް ތަޖުރިބާކާރު ބޭކަނބަލެއްކަމުގަ އެވެ. 

މިނިސްޓަރު ސަހީމް އިތުރަށް ވިދާޅުވީ އާޒިމާ އަކީ ވަރަށް ވެސް ތެދުވެރިކަމާއި ކުރާކަމެއް ވަރަށް ކަމަށްކަމޭހިތައިގެ ކުރިޔަށް ގެންދަވާބޭފުޅެއް ކަމަށާއި އާޒިމާ އަކީ ވަރަށް މުރާލި އަދި ގައުމާއި މެދު ވަރަށް ބޮޑަށް ވިސްނަވާ ބޭކަނބަލެއްކަމުގަ އެވެ.

މީގެ އިތުރުން އިތުރުން އާޒިމާ އަކީ އަމިއްލަ އެދުމަށް ވުރެން ގައުމީ ކަންކަން އިސްކުރައްވާ ގައުމާއި މެދު އިންތިހާއަށް ވިސްނަވާ ބޭކަނބަލެއް ކަމަށް ސަހީމް ވިދާޅުވެފައި ވެއެވެ. 

ރައީސް ޑރ މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އެކަމަނާ އިންތިހާބުވުން ވަރަށް މުހިންމުކަމަށް ސަހީމް ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ޕާޓީއަކުން މާލޭ މޭޔަރުކަމަށް ކެންޑިޑޭޓަކު ހޮވައިފިނަމަ ހުރަސް އެޅޭނީ މާލޭގެ ތަރައްގީއަށް ކަމަށާއި އެއީ ކުރުން ބުއްދިވެރި ކަމެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރޭ ވަނީ ވިދާޅުވި ފައެެވެ.

ރޭގެ ޖަލްސާގައި އާޒިމާގެ މެނިފެސްޓޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މި މަހު 13ގައި މޭޔަރު އިންތިޚާބު އޮންނައިރު، މިހާރު ވެސް ހުރިހާ ކެންޑިޑޭޓުން ގެންދަވަނީ މާލޭގައި ކެމްޕޭން ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް