ads
އެސްޖީސީގެ ކުޅުންތެރިން
ހަމްޕުގެ ލަނޑުން ރަށްވެހި ޗެލެންޖް އެސްޖީސީން ކާމިޔާބުކޮށްފި
ފަހުލަވާނުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ފ. ނިލަންދޫގައި އޮތް ރަށްވެހި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް އެސްޖީސީން ކާމިޔާބުކޮށްފިއެވެ.

އެސްޖީސީން މި މެޗު ކާމިޔާބު ކުރީ، ފައިނަލް މެޗުގައި ފަހުލަވާނުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ފައިނަލް މެޗުން އެސްޖީސީ މޮޅުވި ލަނޑު ޖެހީ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު - ހަމްޕުއެވެ. 

ޖުމްލަ ފަސް ޓީމުން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިން ކުޅުނެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ އައިޝަމް، ސެންޓޭ، ދާދު، ހަމްޕު އަދި މެސީ ހިމެނެއެވެ. 

މި މުބާރާތް އޮތީ ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގައެވެ. ފ. ނިލަންދޫއަކީ ގިނަ އަދަދެއްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ނިސްބަތްވާ ރަށެކެވެ. އެ ރަށު ޓީމުވަނީ އެއްވަނަ ޑިވިޝަނުގައިވެސް ކުރިން ކުޅެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް