ads
ހިޔާގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށިއްޖެ: ރައީސް
ހުޅުމާލޭ ފޭސް ދޭން ގައި ހުރި ފްލެޓްތަކުގެ އިތުރު ލިފްޓް ހަރުކުރުމަށް މިހާރު ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް މުހައްމަދު ޑރ. މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ ވީ ވައުދާ، އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. 

"ހިޔާ ޓަވަރުގައި އިތުރު ލިފްޓުތަކެއް ހަރުކުރުން. އެ ކަންތައް އާބަންކޯ އިން މިހާރު ސަރުކާރުން ނިންމާފައިވާ ގޮތަށް އެ ވަނީ މަސައްކަތް ފަށައި ބަޔަކާ އެގްރިމެންޓް ހަދައި ލިފްޓުތައް ގެނެސް ހަރުކުރުމުގެ މަސައްކަތް ފަށާފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. "އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އެ ލިފްޓްތައް ހަރުކުރާނަން."

ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ސަރަޙައްދަށް އެ މަނިކުފާނު ވެލެއްވި ވައުދުފުޅުތައް އެ މަނިކުފާނުގެ ސަރުކާރުގައި ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ލިފްޓް ހަރުކުރުމަށް ބަޔަކާ ހަވާލުކޮށް، މަސައްކަތް ފެށިކަން ރައީސް އިއުލާން ކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ. 

ފޭސް ދޭން ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ބައި ލައްކައެއްހާ މީހުން ދިރިއުޅެއެވެ. ބައެއް ޓަވަރުތަކުގައި މިހާރު ހުރީ ތިން ލިފްޓެވެ. ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓެވެ. މީހުން ގިނަވެ އަރާ ފޭބުމުގައި ދަތިވުމުގެ ޝަކުވާ ބޮޑެވެ.

އާބަންކޯ އިން ވެސް މީގެ ދެ ހަފްތާ ކުރީން ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް