ads
ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ މަގު ހުޅުވާލުމަށް ސާފުކުރުމުގެ މަސައްކަތް ކުރަނީ. މިއަދު އެ ސަރަހައްދަށް ރައީސް މުއިއްޒު ވަޑައިގެން ވަނީ ބައްދަވާލައްވާފައި-- ފޮޓޯ: ޕީއެންސީ
ހިރިޔާ ސްކޫލްގެ އުތުރަށް އޮންނަ މަގު ހުޅުވާލަނީ
ޒަމާން ތަކަކަށް ފަހު ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ސަބުދެލި މަގު އަލުން ހުޅުވާލަން ނިންމައިފި އެެވެ.

ޕަބްލިކް ވޯކްސް މިނިސްޓަރު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމީނީމަގު ހެދުމުގެ ޕްރޮޖެކްޓާއި ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ހިރިޔާސްކޫލާއި އިންވެގެން ބަންދުކުރެވިފައިވާ ގޯޅި އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ މަގު ހުޅުވުމަށްޓަކައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒާއި މިނިސްޓަރު ޝަރީފް ވަނީ އެ މަގު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލާލެއްވުމަށް މިއަދު އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.

އެ މަގަކީ މީގެ ހަ އަހަރު ކުރިން ރަސްފަންނު ސަރަހައްދުގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ބިމެކެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރު އެ ބިމުގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް