ކޮންގްރެސް ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް މިހެން ވިދާޅުވީ އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއް ގައެވެ.
އަދުރޭ ވިދާޅުވީ، ގައުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫންކަން ފެންނަމުންދާ ކަމަށެވެ.
ގައުމަކަށް ބޭނުންވަނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ވެރިކަން ކޮށްދެއްވާނެ ވެރިއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.