މި ބިންހެލުމާ ގުޅޭ މައުލޫމާތު ހާމަކުރަމުން މެޓް އޮފީހުން ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ކައިރީ އޮންނަ ކާލްސްބާގު ރިޖު ސަރަހައްދަށް ކަމަށެވެ.
އެއީ އައްޑޫ ސިޓީން 894 ކިލޯމީޓަރު ދުރުގައި އޮންން ސަރަހައްދެކެވެ.
މި ބިންހެލުން އަރާފަވަނީ ރާއްޖެ ގަޑިން 16:46 ހާއިރުއެވެ.
ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުފެންނަކަމަށް މެޓް އޮފީހުން ބުނެއެވެ.