ads
މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ ޕްލޭނެއް އެބައޮތް: އާޒިމާ
މާލޭގެ ހުރިހާ މަގުތަކެއް އަލުން ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "މާލޭ މޭޔަރު 2024" ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ މާލޭގެ ހުރިހާ މަގުތަކެއް އަލުން  ހަދަން ޖެހޭ ކަމަށެވެ.

"މާލޭގެ ހުރިހާ މަގުތަކެއް އެކުގައި ރި-ޑިވެލޮޕް ކުރަން ޖެހޭ. ދެން އަޅުގަނޑުމެން ގަބޫލްކުރަން ޖެހޭ ދެކަމެއް. އޭގެ ތެރޭގައި ފެން ހިންދުމުގެ ނިޒާމާއި އަދި ނަރުދަމާ އާއި ހަމަަ އެއާއެކުގައި މާލޭގެ މަގުތަކުގައި ވަޅުލަމުން ގެންދާ ކަރަންޓާއި  އެހެން ހިދުމަތްތަކަށް ބޭނުންވާ ހޮޅިތައް އެކީއެއްފަހަރާ މާލޭގެ. ހުރިހާ މަގެއް ހެދުމުގެ ޕްލޭނެއް ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން." އާޒިމާ ވިދާޅުވި އެވެ

މާލޭ ސިޓީ މޭޔަރުގެ ޒިންމާއަކީ ހަމައެކަނި މާލޭ ނޫންކަމަށާއި ވިލިމާލޭ އަދި ހުޅުމާލޭއަކީ ވެސް ސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށް އާޒިމާ ވިދާޅުވި އެވެ.

ހުޅުމާލޭ ފޭސް އެކަކީ ސްޓޯމް ވޯޓާ ސިސްޓަމާއެކީ ތަރައްގީ ކުރިތަނެއްކަން ފާހަގަކޮށް އާޒިމާ ވިދާޅުވީ މިހާރު ގަދައަށް ވާރޭވެހިއްޖެ ނަމަ ފެންބޮޑުވަނީ މިދިޔަ ފަސް އަހަރު އެކަން މެނޭޖު ނުުކުރެވުމުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން  ހުޅުމާލޭ ފޭސް 2ގެ މަގުތައް ހަނިކަން ފާހަގަކޮށް އާޒިމާ ވަނީ އެމަގުތަކަށް ހައްލެއް ގެންނަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

އަދި ވިލިމާލޭގެ މަގުތައް ހުރީ އަދިވެސް އެންމެ ފުރަތަމަ ހެދިގޮތައް ކަމަށާއި ވިލިމާލޭ މަގުތައް އަލުން ހެދުމުގެ ޕްލޭނެއް ވެސް އިއުލާން ކުރައްވާނެކަމަށް ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ ހުރިހާ މަގުތަކެއް ވެސް އެއްގަމު އުޅަނދުތައް ދުއްވާއިރު ހަށިގަނޑަށް އަނިޔާ ނުލިބޭ ގޮތައް އަލުން ތަރައްގީ ކުރައްވާނެކަމަށް އާޒިމާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް