ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް ގޮވާލައިފި
26 ޑިސެމްބަރ 2019 - 13:37:15
ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް ސަރުކާރުން ކޯލިޝަން މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރްއެމް)އިން ގޮވާލައިފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސް ފާހަގަކުރަމުން ދާއިރު، ދިވެހިންގެ ހިތައް ގެންނަންވީ އެދުވަހު އެ ކާރިސާ އާ ގުޅިގެން މުޅިގައުމަށް ވެރިވެފައިއޮތް ނާމާން ކަމާއި ހިތްދަތިކަމާ ކުރިމަތި ލުމުގައި ދިވެހިރައްޔިތުން ދެއްކެވި ހަރުދަނާ ގައުމީ އެއްބައިވަންތަކަން ކަމަށެވެ. އިސްލާމީ ވަރުގަދަ އަގީދާ އާއެކު ދިވެހި ރައްޔިތުން ސާބިތުކޮށްދެއްވި ކެތްތެރި ކަމާއި ހިތްވަރު ގަދަކަން ކަމަށެވެ. އަދި ކިޔަމަންތެރި ކަމާއި އިހުލާސްތެރިކަން ކަމަށެވެ.
އެމްއާރްއެމްއިން ބުނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ނަތީޖާއަކަށްވީ އެދުވަހު ހާލުގައި ޖެހުނު އަހުންނާއި އުހުތުންނަށް ބޭނުންވި އެހީތަށް ހަމަ ވަގުތުން އެފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށާއި އެކަމުން ލިބުނު ގެއްލުންތައްބަލާ ފުރިހަމަ ރޭވުންތަކާއެކު އެކަންކަން ރަނގަޅު ކޮށްދިނުން ކަމަށެވެ.
"ދެހާސް ހަތަރުވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ހާދިސާ އަކީ ﷲ ސުބުހާނަހު ވަތަޢާލާ އަޅުގަނޑުމެނަނަށް ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިހާނެކެވެ. އެއިމްތިހާނުން އަޅުގަނޑުމެންނަށް ހާސިލްވި އެންމެ މަތިވެރި އިބުރަތަކީ ގައުމީ އެއްބައިވަންތަ ކަމުގެ މުހިންމު ކަމެވެ. ގައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަމެވެ،" އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރްއެމްއިން ބުނީ މިއަދު، ރާއްޖޭގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެޕާޓީން ގޮވާލަނީ ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ގައުމީ އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް ކަމަށެވެ. އަދި ދިވެހީންގެ އިސްލާހީ ހަރަކާތް ތަކަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު މަޝްވަރާ ކޮށްގެން ކުރާ މަސައްކަތްތަކެއް ކަމުގައި ހެދުމަށެވެ. މާޒީގެ އިބްރަތުން ލިބިފައިވާ ފިލާވަޅުތައް މުސްތަގުބަލް ބިނާކުރުމުގައި ބޭނުން ކުރުމަށްވެސް އެޕާޓީން ވަނީ ގޮވާލައިފައެވެ.
ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވީ އާދީއްތަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ބިރުވެރި އަދި ހިތާމަވެރި ކާރިސާއެވެ. މިއަދު މި ކާރިސާއަށް މިވަނީ 15 އަހަރު ފުރިފައެވެ.
މި ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކޮށްފައިވެ އެވެ. މީގެ ތެރެއިން 4 ރަށް އެއްގޮތަކަށްވެސް ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައިވެ އެވެ. އެއީ، ރ. ކަނދޮޅުދޫ، ތ. ވިލުފުށި، ދ. ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުން 23 ރަށަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ސުނާމީގެ ކާރިސާގައި ދިވެހިންގެ 82 މީހަކު ވަނީ މަރުވެފަ އެެވެ. ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލުނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 13000 އަށް ވުރެ ގިނަ ގެ ސުންނާފަތިވި އެެވެ. ބައެއް ރަށްރަށުން ވަގުތީގޮތުން މީހުން ބާލަން ވެސް ޖެހުނެވެ.
ސުނާމީ އެރި ދުވަހުގެ ހަނދާނުގައި ރާއްޖޭގައި އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2005 ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް