ads
ދަރިވަރުން ގައުމީ ސަލާމުގައި
ސްކޫލުތަކުގައި ގައުމީ ސަލާމް ކިޔަން ފަށައިފި
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ފަށާއިރު ގައުމީ ސަލާމް ކިޔަންފަށައިފި އެވެ

ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިގެން ދިޔައިރު މިއަދުގެ އެސެމްބްލީގައި ހުރިހާ ސްކޫލަކުންވެސް ވަނީ ގައުމީ ސަލާމް ކިޔާފައި އެވެ. ކުރިޔަށް އޮތްތަނުގައި ހުރިހާ ދުވަހެއްވެސް ފެށިގެންދާނީ ގައުމީ ސަލާމުންކަމަށް މައުލޫމާތު ލިބިފައި ވެއެވެ. 

މިއީ، ގައުމިއްޔަތު ދިރުވުމުގެ ގޮތުން ރައީސް ޑރ. މުހަންމަދު މުއިއްޒު ނިންމެވި ނިންމެވުމެ ކެވެ. ރައީސް މިފަހުން ވިދާޅުވީ މި ގޮތަށް ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށާއި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ތުއްތު ކުދިން ހެދުމަކަމަ ށެވެ.

މި އަހަރު ވެގެން ދާނީ އަހަރުގެ މެދު ތެރެއިން ކިޔެވުން ފެށޭނެ ފަހު އަހަރު އެވެ. ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ކުރިން އޮތްގޮތަށް ޖެނުވަރީ މަހު ކިޔެވުން ފެށޭނެ ގޮތަށް ބަދަލުކުރަން ނިންމާފައިވާކަމަށް އިއުލާނުކޮށްފައި އެވެ. ނަމަވެސް މިކަން ކުރާނެ ގޮތަކާއި ބެހޭ މާ ބޮޑު ތަފްސީލެއް ސަރުކާރުން އަދި ދީފައިއެއް ނުވެ އެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް