ads
"ގައުމުތަކުގެ ވެރިންނަށް އިހުތިރާމު ކުޑަކުރާ ނަމަ ފިޔަވަޅު އަޅަން ޖެހޭ"
ރާއްޖޭގެ އެކުވެރި ގައުމުތަކުގެ އިސް ބޭފުޅުންނަށް އިހުތިރާމް ކުޑަވާ ގޮތަށް ވާހަކަދައްކަވާ ސަރުކާރުގެ އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ގޮވާލައްވައިފި އެވެ.
Advertisement

ފާރިސް ރޭ "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކުވެރި ގައުމުތަކުގެ ވެރިންނާއި އިސް އޮފިޝަލުންނަށް އިހުތިރާމު ކުޑަކޮށް ބަސް ބުނާ، ސަރުކާރުގެ އޮފިޝަލުންނާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އޭގެއިތުރުން އެފަދަ ގޮތްގޮތަށް ވާހަކަ ދައްކާފައިވާ އޮފިޝަލުންނާ މެދު ފިޔަވަޅު ނާޅައި ދޫކޮށްލުމަކީ، ގައުމުތަކުގެ އިސް ވެރިންނަށް އިހުތިރާމު ކުޑަކޮށް ފަތުރާ ނޭދެވޭ ވާހަކަ ތަކަށް ސަރުކާރުން ތާއިދު ކުރާ ކަމަށް ދެކުމުގެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ފާރިސް ފާހަގަކުރެއްވި އެވެ.

ފާރިސް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއިދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް އިސް ބޭފުޅުން އެކަމަށް ރައްދު ދީފައި ވަނިކޮށެވެ.

މި ކެމްޕެއިން ފަށާފައިވަނީ ލަކްޝަދީބު ޕްރޮމޯޓް ކުރުމުގެ ނަމުގަ އެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފްތާގައި ލަކްޝަދީބަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވާފަ އެވެ.

އެއާއެކު އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ، ދެން އަލުން ރާއްޖެ ބޭނުން ނުވާ ކަމުގެ އިޝާރާތެއް އިންޑިއާ އިން ދީފި ކަމުގައި ބުނެ މީސް މީޑިއާގައި ވާހަކަ ދައްކާފައެވެ.

މި މައްސަލައިގައި ސަރުކާރުގެ އިސް މަގާމަތަކުގައި ތިއްބެވި ބައެއް ބޭފުޅުން، އިންޑިއާގެ ބޮޑު ވަޒީރަށްވެސް ނިސްބަތް ކުރައްވާ މީސްމީޑިއާގައި ކުރެއްވާ ޕޯސްޓުތަކާ ގުޅިގެން، ގިނަ ބަޔަކު ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ސަރުކާރުގެ ބައެއް އޮފިޝަލުން ދައްކަވަމުންދާ އެފަދަ ވާހަކަތަކަކީ، އެ މައްސަލައިގައި ދިވެހި ސަރުކާރުން ރަސްމީކޮށް ދެކޭ ގޮތް ނޫންކަން ސާފުކޮށްދިނުމަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ގޮވާލާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް