ads
މާއުނގޫދޫ ބަނދަރުގެ މަސައްކަތުގެ 53 އިންސައްތަ ނިމިއްޖެ
ސ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

މި މަސައްކަތުގެ ތެރެއިން ކުއޭ ވޯލް އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށާއި މީގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ހުރިހާ ހިލަ ހިލަތަކެއް އައިސް އަންލޯޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރާނެ އެވެ. އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުންވެސް މި މަޝްރޫއު ތެރޭގައި ހިމެނެއެވެ. 

މީގެ އިިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނޭ ކަމުގައި ވެސް އެމްޓީސީސީ އިން ހާމަކޮށްފައިވެ އެވެ. 

your imageފޮޓޯ؛ އެމްޓީސީސީ

މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމުގައި ވާއިރު މި މަޝްރޫއު ނިމުމުން ލަފާފުރަން ދިމާވާ ދަތިތައް ހައްލުވެގެންދާނެއެވެ.

އެމްޓީސީސީ އިިން މީގެ ކުރިން ވެސް މިފަދަ ކިތަންމެ މަޝްރޫއުއެއް ކާމިޔާބު ކަމާއެކު ނިންމާފައިވެ އެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގިގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއި ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް