ads
މޯދީއަށް ފުރައްސާރަ ކުރުން އެމްއެންޕީ އިން ވެސް ކުށްވެރި ކޮށްފި
ސަރުކާރުގެ ބައެއް އިސް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީން އެކަން ކުށްވެރި ކޮށްފި އެވެ.

އެމްއެންޕީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބޭރު ގައުމެއްގެ ވެރިޔަކަށް ސަރުކާރުގެ އޮފިޝަލަކު ނަސްލީގޮތުން މަލާމާތް ރައްދު ކުރައްވާފައިވާތީ އެ ޕާޓީން އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމުގައި ބައިވެރިވި ބޭފުޅުންނާމެދު ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީން މިފަދައިން ބުނެފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއިދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް އިސް ބޭފުޅުން އެކަމަށް ރައްދު ދިނުމާއި ގުޅިގެންނެވެ.

މި ކެމްޕެއިން ފަށާފައިވަނީ ލަކްޝަދީބު ޕްރޮމޯޓް ކުރުމުގެ ނަމުގަ އެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފްތާގައި ލަކްޝަދީބަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރައްވާފަ އެވެ.

އެއާއެކު އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ، ދެން އަލުން ރާއްޖެ ބޭނުން ނުވާ ކަމުގެ އިޝާރާތެއް އިންޑިއާ އިން ދީފި ކަމުގައި ބުނެ މީސް މީޑިއާގައި ވާހަކަ ދައްކާފައެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައްދު ކޮށްފައިވާ ބަސްތަކާމެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.

މީގެއިތުރުން، ރާއްޖޭގެ އެކުވެރި ގައުމުތަކުގެ އިސް ބޭފުޅުންނަށް އިހުތިރާމް ކުޑަވާ ގޮތަށް ވާހަކަދައްކަވާ ސަރުކާރުގެ އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް ގޮވާލައްވާފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް