ads
ލަކްސަދީބްގެ މައްސަލާގައި މަޓާޓޯއިން ބަޔާނެއް؛ ގޮވާލީ އެކުވެރިވުމަށް..!
ލަކްސަދީބްގެ މައްސަލާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ބަޔާނެއް ނެރެފި އެވެ.
Advertisement

އެ ބަޔާނުގައި މަޓާޓޯއިން ބުނީ ރާއްޖޭގެ އިގްތިސާދަށް ލަކްސަދީޕުގެ ސަބަބުން އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ތަރައްގީއެއް ލިބިގެންދާނޭކަމަށް ކަމަށް މަޓާޓޯއިން ބުނެ އެވެ. 

އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި އެކުވެރި ކަމުގެ ގުޅުމާއި، ވިޔަފާރީގެ އަދި ސަގާފީ މުއާމަލާތްތައް ކުރިއަށް ގެންދިއުމާއި، ރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެ ބާޔާނުގައި އިތުރަށް ވާގޮތުގައި އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި އެކުވެރި ކަމުގެ ގުޅުމާއި، ވިޔަފާރީގެ އަދި ސަގާފީ މުއާމަލާތްތައް ކުރިއަށް ގެންދިއުމާއި، ރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގަ އެވެ. 

އެ ޖަމީޔާއިން ބުނި ގޮތުގައި އިންޑިޔާއާ ގުޅޭ ގޮތުން ރާއްޖޭގެ ސޯޝަލް މީޑިއާގައި ދާދި ފަހުން ދެކެވުނު ބައެއް ނުރަނގަޅު ވާހަކަތަކަށް ރިއާޔަތްކޮށް، މަޓާޓޯ އިން ބާރު އަޅަނީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތައް ހިމެނޭގޮތަށް ހުރިހާ ގައުމަކާއެކު ވެސް ރަނގަޅު ގުޅުމެއް ގާއިމުކުރުމަށްކަމުގަ އެވެ. 

މަޓާޓޯއިން ބުނީ މި ދެ މަންޒިލުގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން ދަތުރުވެރިންގެ މުޅި ޝައުގުވެރިކަން އިތުރުވެ، ސަގާފީ ގޮތުން މުއްސަނދި މި ސަރަހައްދު ދެނެގަތުމަށް އިތުރު ކްރޫޒްލައިނާތައް އައުމަށް ވެސް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. 

"ރާއްޖޭގެ ޓޫރިޒަމުގެ ކާމިޔާބުގައި އިންޑިއާ މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެއް. ހާއްސަކޮށް ގެސްޓް ހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގައި. މަޓާޓޯއިން ހުރިހާ ސްޓޭކްހޯލްޑަރުންނަށް ގޮވާލަނީ ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ގުޅިފައިވާ އިގުތިސޯދުގެ ސަބަބުން ލިބެމުންދާ ފައިދާތައް ބަލައިގަތުމަށް," މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މަޓާޓޯއިން އިތުރަށް ބުނީ، ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންތަކެއް އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކުރާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. މިިކަމެއް ފެށުނީ ލަކްޝަދީޕްގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ. މި މައްސަލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި ތިން ނައިބު ވަޒީރަކު މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް