ads
އިލެކްޝަނުން އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށްފި
އިލެކްޝަން ކޮމިޝަނުން އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށްފި އެވެ. އިލެކްޝަން ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގަ އެވެ.
Advertisement

ނޫސްވެރިންގެ މި ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޮފިޝަލުން ހޯދުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހުނު ކަމަށާއި ވުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އޮފިޝަލުން ހޯދާއިރު ކުރިން އޮފިޝަލުންނަށް ދިން އެލަވަންސައްވުރެ އެލަވަންސު ބޮޑު ކުރުމަށް ކޮމިޝަނުން ވިސްނައި އެކަމަށް ހޯދަންޖެހޭ ބަޖެޓު ވަނީ ހޯދާފައި ކަމަށެވެ. 

"ބަޖެޓް އަޅުގަނޑުމެން ރިވައިސް އެބަ ކުރަން. ރިޔާސީ އިންތިހާބުގަ އޮފިޝަލުން ނުލިބިގެން އަޅުގަނޑުމެން އުޅެން ޖެހުނު. އެހެންކަމުން މިފަހަރު ރައްޔިތުންގެ މަޖިލީހަށް އޮފިޝަލުން ހޯދާއިރު ކުރިން އޮފިޝަލުން ދިން އެލަވަންސަށް ވުރެ ބޮޑަށް ވިސްނާފަ ބަޖެޓް ވެސް ހޯދާފަ މިހާރު ވަނީ،" ހަބީބް ވިދާޅުވި އެވެ.

އިންތިހާބުތަކުގައި އޮފިޝަލުން ލިބުމުގައި ދަތިތައް ހުރި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލް ބައި އިލެކްޝަނުގައި އޮފިޝަލުން ލިބުމުގައި ދަތިކަމެއް ނެތްކަން އީސީން މިއަދު ވިދާޅުވި އެވެ. އެ ބައި އިލެކްޝަނަށް 550 އޮފިޝަލުން ބޭނުންވާއިރު މިހާރު ވެސް 750 މީހުން އެ މަގާމުތަކަށް އެދި ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެ އެވެ.

މީގެ އިތުރުން ނޫސްވެރިންގެ މި ބައްދަލުވުމުގައި މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހު އަދި ކަނޑައެޅިފައި ނުވާކަން ވެސް އީސީ އިން ހާމަ ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް