ads
ކޮވިޑްގެ ސަބަބުން އަނެއްކާވެސް އެމެރިކާގައި މާސްކް އެޅުން މަޖުބޫރުކޮށްފި
ކޮވިޑް-19 ގެ ސަބަބުން އަނެއްކާވެސް އެމެރިކާގެ ބައެއް ހޮސްޕިޓަލުތަކުގައި މާސްކް އެޅުން މަޖުބޫރުކޮށްފި އެވެ. ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އެމެރިކާގެ ހަތަރު ސްޓޭޓެއްގެ ހޮސްޕިޓަލްތަކުގައި މާސްކު އެޅުން މިހާރު ވަނީ މަޖުބޫރު ކޮށްފަ އެވެ.
Advertisement

ކޮވިޑް-19 ގެ އިތުރުން އާންމު ރޯގާއާއި ނޭވާލާ ނިޒާމުގެ ބަލިތައް ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ އެމެރިކާގެ 8.4 މިލިއަން މީހުންގެ އާބާދީއެއް އޮތް ނިއު ޔޯކާއި ކެލިފޯނިޔާއާއި އިލިނޯއިއާއި މެސެޗުސެޓްސްގެ ހޮސްޕިޓަލުތަކުގަ އެވެ. 

މި ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނާއި މުވައްޒަފުންގެ އިތުރުން އެ ތަންތަނުން ފަރުވާ ހޯދާ ބަލިމީހުން ވެސް މާސްކު އަޅަން މަޖުބޫރު ކޮށްފައިވެއެވެ. 

ނިއު ޔޯކްގެ ހެލްތް އޮފިޝަލް ޑރ އަޝްވިން ވަސަން ވިދާޅުވެފައިވާ ގޮތުގައި އެ ރަށުގައިވާ 11 ޕަބްލިކް ހޮސްޕިޓަލްގެ އިތުރުން 30 ސިއްހީ މަރުކަޒާއި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމަށް ގާއިމު ކޮށްފައިވާ ފަސް މަރުކަޒެއްގައި މާސްކު އެޅުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ އަޝްވިން ވަސަން ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި، ސިއްހީ ހިދުމަތްތެރިންނަށް ވެސް ބަލީގެ އަސަރުކޮށް، ޚިދުމަތްދޭން ތިބި މީހުންގެ ޢަދަދު މަދުވާނެ ކަމަށާއި އަދި އަމާޒަކީ އެ ގޮތަށް ކަން ވިޔަ ނުދިނުން ކަމަށެވެ. އަދި 2022 ވަނަ އަހަރުގައި ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ފެތުރެމުން ފެށުމާ އެކު ގައި ކުރީ ސަފުގައި މަސައްކަތް ކުރާ ޞިއްޙީ ހިދުމަތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހި، ހިދުމަތުން ދުރަށް ޖެހެން މަޖުބޫރުވިކަމުގައި ޑރ އަޝްވިން ވިދާޅުވެފައިވެ އެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހާއި 23 ވަނަ ދުވަހާ ދެމެދު އެކަނިވެސް 29,000 މީހުންނަށް ކޮވިޑް ޖެހިގެން ހަސްފަތާލުތަކުގައި އެޑްމިޓު ކުރަން ޖެހިފައިވާ ކަމަށް އެމެރިިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް