ads
ޕޭޕަލް އަށް އެކްސެސް ހޯދުމަށް އެމެރިކާއާއެކު މަޝްވަރާ ކުރަނީ
ރާއްޖޭގައި އީވޮލެޓްގެ ހިދުމަތް ގާއިމުކޮށް، ޕޭޕަލްއަށް އެކްސެސް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ގާނޫނު އަސާސިން ރައީސް އަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމާއި ގުޅޭ ގޮތުން އެމެރިކާރުގެ ސަރުކާރުން މަޝްވަރާ ކުރައްވައިގެން މި ހިދުމަތަށް އެކްސެސް ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިކަމާއި ގުޅޭ އެހެނިހެން ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން އެފަދަ އެހެން ޕްލެޓްފޯމްތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވުނު ކަމަށް ނާޒިމް މައުލޫމާތު ދެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެފަދަ ހުރަސްތައް ހައްލު ކުރުމަށް ކްރިއޭޓިވް އިކޮނޮމީ ގާއިމު ކުރުމުގެ ގޮތުން، ރާއްޖޭގައި އީވޮލެޓްގެ ހިދުމަތް ގާއިމު ކުރުމަށް ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވައިގެން، ގިނަ ވެގެން އެއް ހަފްތާގެ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ހަމަޖެއްސުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން މި ކަމަކީ ސައިބާ ސެކިއުރިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ އެކަމާ ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި، އެކަމަށް ހާއްސަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް