މިރޭ އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއައިބީގެ ލޯނޫ ރީސްޓްރަކްޗާ ކުރަން މަޝްވަރާކުރަމުން ދަނިކޮށް އެމްއައިބީން އެދިގެން ގައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މަޝްވަރާތަކުގައި ވަކިގޮތެއް ނިމެންދެން އެ މައްސަލަ މަޑުޖައްސާނެކަމުގެ ޔަގީންކަން އެ ބޭންކުން ދީފަ ވަނިކޮށް ކަމަށް އާޒިމާ ވިދާޅުވިއެވެ.
އެއީ މިހާރު އާޒިމާ ކުރިމަތިލައްވައިގެން އުޅޭ މާލޭ ސިޓީ މޭޔަރު އިންތިހާބަށް ނުފޫޒު ފޯރުވުމަށް ބޭންކިން ގާނޫނާއި އުސޫލުތަކާއި ހިލާފަށް ބޭންކުގެ ވަކި މުވައްޒަފެއް ކޮށްފައިވާކަމެއް ގޮތުގައި ދެކޭކަމަށް އާޒިމާ ވިދާޅުވި އެވެ.
އެހެން އޮއްވައި އާޒިމާ ވަކި ފަރާތަކަށް ދޭންޖެހޭ ފައިސާތަކެއް ހުރިކަމަށް ބުނެ ސިވިލް ކޯޓަށް އެ ފަރާތަކުން މައްސަލަ ހުށަހަޅާފަވާ ކަމަށާއި، މި މަހުގެ 9 ވަނަ ދުވަހު ގައިރު ހާޒިރުގައި ހުކުމް ކުރާނެކަމަށް ދައުރު ނޫހުން މި މަހުގެ 4 ވަނަ ދުވަހު ޝާއިއުކޮށްފައިވާކަމަށް ވިދާޅުވި އެވެ.
ނަމަވެސް ވަކީލުންގެ ޓީމުގެ ފަރާތުން ސިވިލް ކޯޓުގައި އެކަންތައް ސާފުކުރުމުން އެފަދަ ދައުވާއެއް ނެތްކަން އެނގިފަވާކަމަށް އާޒިމާގެ ބަޔާނުގައި ވިދާޅުވެއެވެ.
އެހެންކަމުން ބޭންކާއި ނޫހާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ އިދާތަަކަށް ހުށަހެޅުމުގެ މަސައްކަތް ވަކީލުގެ ޓީމުން ފަށާފައިވާކަމަށް އާޒިމާ ވިދާޅުވި އެވެ.