ads
ސުކޫލް ދަރިވަރުން ތަކެއް - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ދިރާސީ އަހަރަށް ބަދަލުގެނަޔަސް 9،10 ގެ ދަރިވަރުންނަށް ބަދަލެއް ނެތް
ދިރާސީ އަހަރަށް ބަދަލު ގެނައި ނަމަވެސް މިހާރު ގްރޭޑް 9 އިން ފެށިގެން މަތީގެ ދަރިވަރުން ކިޔަވާ ދުވަސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށާ ގޮތަށް ހަމަޖައްސައި އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޑިސެންބަރަށް ބޮޑު ޗުއްޓީ ބަދަލުކުރި ނަމަވެސް މިހާރު އޮންނަ ގޮތަށް ޖުލައި މަހު އިތުރު ބަންދެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގޮތުުން ޖުލައި މަހުގެ ތިން ހަފްތާ ސުކޫލު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސާނެ އެވެ. ބޭނުމަކީ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒިފުންނަށް އާއިލާއެކު ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދިނުމެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހުގައި ދިނުމާއެކު، 2026 ވަނަ އަހަރުގެ ޖަނުއަރީ މަހުގައި ތައުލީމީ އަހަރު ފަށާގޮތަށް ބަދަލު ކުރުމުގެ ސަބަބުން މިހާރު ގްރޭޑް 9 އަދި 10 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ކުރިން ވެސް ރޭވިފައިވާ ގޮތަށް ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ޖޫން މަހުގައި ކަމަށެވެ. އަދި މަންހަޖު ފުރިހަމަ ކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާނިން ޓައިމް ގެއްލިގެން ނުދާނެ ކަމަށެވެ. 

ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަމަށް އެއް ބަޔަކު ތާއީދު ކުރާއިރު، ބައެއް ބެލެނިވެރިން މިކަމާމެދު ކަންބޮޑުވެ ނުރުހުން ފާޅުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް