ads
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ސަލަފު ޖަމިއްޔާގެ އިލްމުވެރިންގެ ރައީސް ޝެއިހް އަހުމަދު ސަމީރު ޓީވީ ޕްރޮގްރާމެއްގައި
ގިސޯސްއަށް އިންކާރުކުރާ މީހުންގެ ހޭ ބުއްދިއާމެދު ސުވާލުއުފެދޭ: ޝެއިހް ސަމީރު
ގިސޯސް އަށް އިންކާރުކުރާ މީހުންގެ ބުއްދިއާ މެދު ސުވާލުއުފެދޭކަމަށް އައްޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"އަދި އާންމުންގެ ތާއީދު ހޯދުމަށް ތިޔަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއްވެސް ނޫން،" މައުމޫނު ވިދާޅުވި އެވެ.

މައުމޫނުގެ މިވާހަކައާ ގުޅިގެން ގިނަބަޔަކު ގެންދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ދީނީ އިލްމުވެރިންވެސް ދަނީ މައުމޫނުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

މައުމޫނުގެ "ގިސޯސް ވިސްނުމަށް" ދެއްވި ޖަވާބެއްގެ ގޮތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހް ސަމީރު ވިދާޅުވީ ގިސޯސް ގެ އުގޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއްކަން ބަޔާންކުރެއްވި އާޔަތުގައި، ބުއްދީގެ އަހުލުވެރިންނާ  މުހާތަބު ކުރައްވާފައިވުމުން އެހުކުމަށް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެދޭކަމަށާއި އަދި އެއީ ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫންކަމުގަ އެވެ.

ޝެއިހް ވަނީ މިހެން ވިދާޅުވެ ބަގަރާ ސޫރަތުރެ 179 ވަނަ އާޔަތާއި އެ އާޔަތުގެ މާނަވެސް ހަމަ އެ ޕޯސްޓްގައި ހިއްސާކުރައްވާފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ބައެއް މީހުންނަށް މަރުގެ ހުކުމް އިއްވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެ ހުކުމް ތަންފީޒުނުކޮށް ބައެއް މީހުންނަށް މައާފް ދެއްވާފައިވެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން މިސަރުކާރުން ނިންމާފައިވާ ކަމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރާނީ ބަލަންޖެހޭ ކަންކަން ބަލާފައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރެއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ މީގެ 69 އަހަރު ކުރިން 1954 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް