ads
ލިވަޕޫލްގެ ބައެއް ކުޅުންތެރިން
ލިވަޕޫލް އަތްދަށުގެ އާސެނަލް ކަޓައިފި
އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ލިވަޕޫލުން ރަށުންބޭރުގައި 2-0 އިން މޮޅުވެ، އާސެނަލް ކަޓުވާލައިފި އެވެ.

ލިވަޕޫލުން ލީޑުނެގީ، 80 ވަނަ މިނިޓްގަ އެވެ. އާނޯލްޑް ހިލޭ ޖެހުމަކުން ނެގި ބޯޅައެއް ގޯލަށް ވަނީ އާސެނަލްގެ ޑިފެންޑަރު، ޔަކޫބް ކީވިއޯ ބޮލުގައި ޖެހިފަ އެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، ކައުންޓަ އެޓޭކެއްގައި ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ލުއިޒް ޑިއާޒް އެވެ.

އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.

އާސެނަލް ދަނޑުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި އެ ޓީމުން ކުޅުނީ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިޔަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އާއި އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުނު ވާޖިލް ވެން ޑައިކް، އެންޑީ ރޮބަޓްސަން އަދި ޑޮމިނިކް ސޮބޯސްލާއި ނުލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް