ads
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޤާސިމމް އިބްރާހިމް - ފޮޓޯ: ޤާސިމް
ގައުމެއްގެ އިސްވެރިޔަކަށް ކުޑައިމީސް ކުރުމަކީ ބަލަގަނެވޭނެ ކަމެއް ނޫން: ގާސިމް
ގައުމެއްގެ އިސްވެރިޔަކަށް ކުޑައިމީސް ކުރުމަކީ ބަލަގަނެވޭނެ ކަމެއް ނޫން ކަމަށް މާމިގިލީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާގެ ޕްރައިމިނިސްޓަރު މޯދީ ކުޑައިމީސްކޮށް ސޯސަލް މީޑިޔާގައި ސަރުކާރުގެ އިސް މަގާމެއްގައި ތިބި ބަޔަކު ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. 

މިކަހަލަ ކަންކަމުގެ ސަބަބުން ޑިޕްލޮމެސީ އަދި އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމަށް ބުރޫ އެރުމުގެ އިތުރުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުމަށް ބުރޫ އެރުމަކީވެސް އެކަށީގެންވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އިންޑިއާ އަކީ ދިވެހި ރާއްޖޭ އާއި އަބަދުވެސް ގާތް ގުޅުމެއް ބަހައްޓަމުން އަންނަ ގައުމެއް. ވީމާ ވަރަށް މުހިންމު ކަމެއް ދާއިމަށް ދެމިގެންދާނެ ހެން މި ގުޅުން ކުރިޔަށް ގެންދިޔުން" ޖުމްހޫރީ ޕާޓީ ރައީސްގެ މަގާމު ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ ދެ ގައުމު ދޭ ތެރޭ އޮތް ގާތް ގުޅުމަށް ބުރޫ ނާރާނޭ ހެން އެންމެ މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. ހަދާން ކުރަން ވީ އަޅުގަނޑުމެން ދައްކާ ވާހަކަ ތަކުން އަޅުގަނޑުމެންގެ ވިސްނުމާއި އަދަބާއި އަހުލާގު ރަމްޒުކޮށް ދޭ ކަން ކަމަށާއި އަބަދުވެސް އެހެން ގައުމުތަކަށް އިހުތިރާމްކޮށް ޑިޕްލޮމެޝީގެ ރިވެތި ގޮތުގައި ކުރިޔަށް ގޮސް ހުރިހާ ގައުމަކާއި ވެސް ގާތް ގުޅުމެއް އުފެއްދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން އިންޑިއާއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީއާއި ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެހެނިހެން ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ.

ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާ އަށް ބަދު ބަސް ބުނެ، މަލާމާތް ކުރައްވައި މީސް މީޑިއާގައި ފާޑު ވިދާޅުވެފައިވާ މައްސަލައިގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. 

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް