ads
ސަފީރު ބައްދަލުވުން ވަނީ ކުރިން ތާވަލުކޮށްފައި: ހައި ކޮމިޝަން
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންޑިއާގެ ސަފީރު މުނޫ މަހާވަރަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު 12:00 ގައެވެ.  

މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އެންގިއިރު، މިއަދު ހެނދުނު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންވަނީ ނިއުދެލީގައި ހުންނަވާ ދިވެހި ސަފީރު، އިބްރާހިމް ޝަހީބު މިއަދު އެ މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ, މަހާވަރު ފޮރިން މިނިސްޓަރު ވަޑައިގަތީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމަކަށް ކަމަށާއި އެ ބައްދަލުވުމުގައި ދެކެވުނީ ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުމާ ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުވުމަށް ސަފީރު ފޮރިން މިނިސްޓްރީއަށް ވަދެވަޑައިގަތީ މެންދުރު 12:03 ގަ އެވެ. އޭނާ ނުކުމެވަޑައިގެންނެވީ 12:31 ގަ އެވެ. އެހެންކަމުން ފޮރިން މިނިސްޓްރީ ތެރޭގައި ހޭދަވީ 28 މިނެޓެވެ.

މި ބައްދަލުވުންތަކާއި ގުޅޭ އިތުރު ތަފްސީލެއް އިންޑިއާ ހައި ކޮމިޝަނުން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ނުދެއެވެ.

ދޭދޭ ގައުމުތަކުގައި ގުޅުމަށް ބުރޫއަރާ ފަދަ މައްސަލަތަކާ ގުޅިގެން އޮންނަ ހާރިޖީ ޕްރޮޓޮކޯލްގެ ތެރެއިން ސަފީރުން ހާޒިރު ކުރުމަކީ ހިނގާ ކަމެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް އިންޑިއާގެ ސަފީރުން ވެސް މީގެ ކުރީން އެތައް ފަހަރަކު ހާޒިރު ކޮށްފައި ވެއެވެ. 

މޯދީ އަށް މަލާތާމްކޮށް ކުރި ޓްވީޓުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބޭރުގެ ޤައުމުތަކުގެ ވެރިންނާއީ، މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ މަލާމާތާއި ހުތުރު ބަސްތައް ސަރުކާރަށް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާއިން ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ޖައްސަމުންދާއިރު، މިކަން ފެށުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް